ސަރުކާރާއި ދެކޮޅަށް ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތަކާއި ގުޅިގެން ގައުމު ދޫކޮށް ފިއްލެވި އެ ގައުމުގެ ބޮޑުވަޒީރު ޝެއިޙް ހަސީނާ އިންޑިއާ ވަޑައިގެންފައި ވާކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްތިއުފާ ދެއްވި ބޮޑުވަޒީރު ޝެއިޚް ހަސީނާ އަސްކަރީ ހެލިކޮޕްޓަރުގައި ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. ހަސީނާ އާއި އެކު ހަސީނާގެ ދައްތަވެސް އިންޑިޔާއަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެގައުމުގައި މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އެގައުމަށް ‘ދެވަނަ މިނިވަންކަން’ ލިބިފައިވާކަމަށް ބުނެ އުފާފާޅުކުރަން ފަށާފައެވެ.
އެގައުމުގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތެއް ކަމަށްވާ މުބާޝަރު ޙަސަން ވިދާޅުވީ މިއަދު އިހުސާސް ކުރެވެނީ ބަންގްލަދޭޝްއަށް ދެވަނަ މިނިވަންކަމެއް އައިސްފައިވާހެން ކަމަށެވެ.
މުބާޝަރު ހަސަން ވިދާޅުނީ ހަސީނާގެ ސަރުކާރުގައި އެގައުމުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި މީހުން ގެއްލުވާލުމާއި މީހުން މެރުން އާންމު ވެފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިދިޔަ ހަފްތާތަކުގެ ތެރޭގައި "ދައުލަތުގެ މުއައްސަސާތައް ސިޔާސީކޮށް" "އެއީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިފަވެފައިވާ ކަމަށެވެ. އަދި މީހުންނަށް އިންސާފު ހޯދަން ދާނެ ތަނެއް ނެތް ކަމަށާއި ކޯޓުތައް ސިޔާސީކޮށް، ފުލުހުން ސިޔާސީކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވީ އެގައުމުގައި ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން ގެންދާ މުޒާހަރާތައް ނުހުއްޓި ދިގުދެމިގެން ގޮސް އެތައް ބަޔަކު މަރުވުމާ ގުޅިގެން ކަމަށް ބޭރުގެ މަސްދަރުތަކުން ރިޕޯޓުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު