ހަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 19 މިލިއަން ރުފިޔާ ސަލާމަތްކުރެވިއްޖެ ކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީ (އެސްއޯއީ) ކޮމިޓީގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު ވިދާޅުވީ ހަރަދުތައް ކުޑަކުރުމަށް ޕްލޭނެއް އޮތީ އެކުލަވާލައިފައި ކަމަށެވެ.
އެއާއެކު އެއްވެސް މަސައްކަތެއް ހަވާލުނުކޮށް އާރުޑީސީގައި ތިބި ބިދޭސީ މުވައްޒަފުންތަކެއް އަނބުރާ ފޮނުވާލަން މަސައްކަތް ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މާކެޓް ރޭޓަށް ވުރެ އަގުބޮޑުކޮށް ކުންފުންޏަށް ވެހިކަލްތަކެއް ވެސް ނަގާފައި ހުރުމާއެކު ވެހިކަލްތަކުގެ ކުލީގެ އަގު މާކެޓް ރޭޓަށް ބަދަލުކޮށް ބޭނުންނުވާ ވެހިކަލްތައް ދޫކޮށްލި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ ސަބަބުން ކުރިން ކުއްޔަށް ކުރަމުން ދިޔަ 15 މިލިއަން ރުފިޔާގެ ހަރަދު ފަސް މިލިއަނާއި ހަތް މިލިއަނާ ދެމެދަށް ތިރިކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ކުރިން ރަސްމީ މަސައްކަތް ހަތް ގަޑިއިރު ކުރާ އުސޫލު، އަށް ގަޑިއިރަށް ބަދަލުކޮށް ހޮނިހިރު ދުވަހަކީވެސް މަސައްކަތު ދުވަހަކަށް ހެދުމުން އޯވާޓައިމަށް ދޭން ޖެހޭ ފައިސާ ކުޑަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ،
"މިހާ ހިސާބަށްދާއިރު ޖުމްލަކޮށް އަޅުގަނޑުމެންނަށް މިހާރު ކުރަމުންދާ މަސައްކަތުން 19 މިލިއަން ރުފިޔާގެ ހަރަދު ކުޑަކުރެވުނު. އެއީ އިތުރަށް ކުރިީގައި މަސައްކަތް ކުރަމުންދިޔަ 17 ރަށުގެ ބަދަލުގައި އިތުރަށް 10 ރަށުގައި މަސައްކަތްވެސް ކުރަމުން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވުނު އަދަދު. އެއީ މެޓީރިއަލް އަޅުގަނޑުމެން ކުރިން ޕާޗޭސް (ގަންނަމުންދާ) އަގަށް ވުރެ 35 ޕަސެންޓް އަގުހެޔޮކޮށް މިހާރު އަޅުގަނޑުމެންނަށް އެސްޓީއޯ ތްރޫކޮށް [މެދުވެރިކޮށް] މިހާރު އަޅުގަނޑުމެންނަށް ލިބޭ."ޒުހައިރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު