ކައުންސިލަރުންގެ އަދަދު މަދު ކުރުމުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުޅުއްވަނީ ކައުންސިލްތައް ސައިޒު ކުރަން ކަމަށް އެމްޑީޕީގެ ނައިބު ރައީސް ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ހަވަރުބެރުގެ ނަމުގައި އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ސިލްސިލާ ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ހިސާން ވަނީ ލާމަރުކަޒީ ނިޒާމަށް ރައީސް ގެންނަވަން އުޅުއްވާ ބަދަލުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ.

އެގޮތުން އޭނާ ވިދާޅުވީ،1 ހަރަދު ކުޑަކުރުމުގެ ނަމުގައި ކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން އުޅުނު ނަމަވެސް، ސަރުކާރުން އުޅެނީ ހަރަދު ކުޑަކުރަން ނޫންކަމަށެވެ. އެގޮތުން، ރާއްޖޭގެ ރަށްރަށުގައި ތިއްބަވާ ކައުންސިލަރުންގެ އަދަދަށްވުރެ ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުންގެ އަދަދު މިހާރު ގިނަކަމަށް ހިސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމުގެ ނަމުގައި ރައީސް ޑރ. މުޢިއްޒު ނުކުމެވަޑައިގެން ހުންނެވީ ކައުންސިލްތައް ސައިޒު ކުރުމަށްކަމަށާއި އެއީ އެމްޑީޕީން ގަބޫލު ކުރާކަމެއް ނޫންކަމަށާއި އަދި އެއީ ޖާގަ ދޭނެ ކަމެއްވެސް ނޫންކަމަށެވެ.

ހިސާން މިހެން ވިދާޅުވެފައިވާއިރު ރައީސް މިފަހުން ވަނީ، ކުދި އާބާދީތަކުގެ ރަށްރަށުގައި ތިން ކައުންސިލަރުން ތިއްބެވުމުން ފުދޭނެކަމަށާއި އަދި ހަމަ އެގޮތަށް ސިޓީ ކައުންސިލްތަކުގެ ވެސް ކައުންސިލަރުންގެ އަދަދު މަދުކުރުން މުހިންމުކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން