ވ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ބޮޑުމޮހޮރާއިން ބަނގުރާ ވިއްކާ ބަޔަކު ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ބަނގުރާ ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި އިންޓަލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އަދި އެޮޕަރޭޝަނުން ތިން މީހަކު އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ސްރީލަންކާގެ މީހަކާއި ދެ ދިވެހީން ނެވެ.

ފުލުހުން ވަނީ އެ މީހުންގެ ނަންތައް ވެސް ހާމަކޮށްފަ އެވެ.

ފުލުހުން ބުނީ އެ ރަށުން 24 ބަނގުރާ ފުޅި އަތުލައިގެން ކަމަށެވެ.

ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީކުރަމުން ދަނީ ކުރީގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން