ޕޮލްކޯ އާއި ސިފްކޯއަށް ދައުލަތުން މިލިއަނުން ރުފިޔާ ދޫކުރި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
މާލިއްޔަތު ކޮމިޓީން އެގޮތަށް ނިންމާފައިވަނީ މަރުކަޒީ ބޭންކުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއެއްގައި ދަޢުލަތުން ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހިމަނާފައި ވީނަމަވެސް ލޯނުތަކުގެ މާބޮޑު ތަފްސީލް ހިމަނާފައި ނެތުމުންނެވެ.
އެހެންކަމުން އެ ތަފްސީލުތައް ހޯއްދެވުމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމެވެ.
އެގޮތުން ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އަށް ދޫކޮށްފައިވާ 834 މިލިއަން ރުފިޔާ އާއި ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް ދޫކޮށްފައިވާ ލޯނުތަކުގެ ތަފްސީލު ހޯއްދެވުމަށް ނާޒިމް ހުށައަޅުއްވާފައި ވެއެވެ.
ނަމަވެސް ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ޕޮލްކޯއަށް 700 މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ ދަޢުލަތުން އެތައް މިލިއަނެއް ދީގެންވެސް ޕޮލްކޯ އާއި ސިފްކޯ ފްލެޓްތަކުގެ މަސައްކަތް ނިންމާލެވިފައި ނުވާކަމަށާއި އެންމެ ފަހުން އެ މަސައްކަތް ނިންމާފައިވަނީ ދަޢުލަތުން އަލުން ބިޑަށް ހުޅުވާލައިގެން ކަމަށެވެ.
ޕޮލްކޯ އާއި ސިފްކޯ އަށް ދައުލަތުން މިލިއަނުން ރުފިޔާ ދޫކުރި މައްސަލަ ބަލަން މާލިއްޔަތު ކޮމިޓީން ނިންމާފައިވާއިރު ފުލުހުންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބިންގާއެޅި ފްލެޓްތައް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު