ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ޤައުމު އޭގެ ޒާތުގައި ނެތިގޮސް، ޤައުމުވަންތަކަން ހަލާކުވެ ފުނޑުފުނޑުވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ޑޮލަރުގެ ކަޅުބާޒާރުގެ އަގުތައް އާންމުކުރާ މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ކޮމިޓީން ނިންމުމާ ގުޅިގެން، އެކަމާ ކަންބޮޑުވުން ފާޅުކުރަށްވައި މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ފައިސަލް ވިދާޅުވީ މުޖުތަމަޢުގައި ހިނގާ ބޮޑެތި ކުށްތަކާއި، ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި، ރިޝްވަތާއި، ފަސާދައިގެ އަމަލުތައް އަދި ވެރިކަމުގެ އާރާއި ބާރުގެ ބޭނުންކޮށްގެން ހާސިލުކުރާ ނާޖާއިޒު ފައިދާގެ ވާހަކަތައް އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށެވެ. އަދި ސަރުކާރުގެ ނާޤާބިލުކަމުން ދައުލަތުގެ މާލީ ނިޒާމު ބޮއްސުންލައި، ބޭރު ފައިސާގެ އަގު އަތް ނުފޯރާ ފަށަށް އެރުމުން، އެކަންކަމުގެ ހަގީގަތް އެނގުމަކީ ވެސް ރައްޔިތުންނަށް ލިބެންޖެހޭ ހައްގެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމަކީ ގާނޫނުއަސާސީގެ 27، 28 އަދި 29 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ހައްގުތަކެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، މި ހައްގުތައް ނިގުޅައިގަތުމަކީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާ އިން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ދުސްތޫރުގެ ހުރުމަތަށް ވެސް ނުބަލައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުފޫޒުގެ ދަށުގައި ބައިތިއްބައިގެން، މިނިވަން ޑިމޮކްރެޓިކް މުޖްތަމައުތަކުގައި ނަގަހައްޓަމުން އަންނަ މިފަދަ އަސާސްތައް ނެތިކޮށްލުމަށް ސަރުކާރުން އިންތިޒާމީ ގޮތެއްގައި ހިންގާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން." ފައިސަލް ވިދާޅުވިއެވެ. އަދި މަޖިލީހަށް ހުށަހަޅާފައިވާ މި އިސްލާހު ވަގުތުން އަނބުރާ ގެންދިއުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ހަމައެއާއެކު، ސަރުކާރުގެ އަތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތުމުން ފާސްކުރާ ކޮންމެ ބިލަކީ ގާނޫނަކަށް ވީ ނަމަވެސް، އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ ނޭދެވޭ އަސަރާއި ނިކުންނާނެ ނަތީޖާއާ މެދު ވިސްނަންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ސަރުކާރުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން މިފަދަ އަމަލުތަކުން ހާމަވާ ކަމަށާއި، ރައްޔިތުން މިކަންކަމާ މެދު ފުންކޮށް ވިސްނައި އެހެން ގޮތެއް ހޯދަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ފައިސަލް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރި ބޭރު ފައިސާއާ ބެހޭ ބިލުގެ އިސްލާހުގައިވާ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ ވާހަކަ އާއި އެފަދަ އަގުތަކުގެ މައުލޫމާތު މީޑިއާތަކުން ޝާއިއުކުރުމަކީ މަނާ ކަމެކެވެ.
މި ގާނޫނާ ހިލާފުވާ އާންމު ފަރުދުން 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ މައުލޫމާތު އާންމުކުރަނީ މީޑިއާއެއް، ވިޔަފާރިއެއް ނުވަތަ ގާނޫނީ ޝަހުސަކުން ނަމަ 100،000 ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ބޮޑު ޖޫރިމަނާއެއް ކުރުމަށް ވެސް ވަނީ ހިމަނައިފައެވެ.
އޭގެއިތުރުން، ބޭރު ފައިސާ ގަނެވިއްކުމުގެ ހުރިހާ މުއާމަލާތެއް ވެސް ކުރަންވާނީ އެމްއެމްއޭގެ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތިނުވާނެހެން ކަމަށް ބަޔާންކޮށް، އެއަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ފަރާތްތައް 25،000 ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު