ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ސިޓީގެ ބްރާންޗުތަކާއި އެ ސިޓީގައި ހިންގި މަޝްރޫއުތަކާ ގުޅޭ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، މަނީ ލޯންޑަރިންގެ ތަހުގީގެއް ވަކިން ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
މި ގޮތަށް ނިންމާފައިވަނީ ފެނަކައިގެ އައްޑޫ ބްރާންޗުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހުގައެވެ. މި މައްސަލައާ ގުޅިގެން ޖުމްލަ 20 ކަމެއް ކުރުމަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީން ނިންމި ނިންމުންތަކުގެ ތެރޭގައި، ފެނަކައިގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ ހުރިހާ ފަރާތްތަކެއް ހޯދައި، އެ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުން ހިމެނެއެވެ. އަދި މަޝްރޫއުތައް އިންހައުސްކޮށް ކުރިއަށް ގެންދިއުމަށް ނިންމިއިރު، ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތް ބަލާފައި ނުވާތީއާއި، ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ނިންމުންތައް ނިންމި ބޯޑު މެމްބަރުންނާއި އިސްވެރިން ޒިންމާދާރުކުރުވުމަށްވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަހުގީގުކުރުމަށް އޭސީސީއަށް އެންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ލަފާދިނުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގައި ޒިންމާވާންޖެހޭ މުވައްޒަފުންގެ މައްސަލަތައް ބަލައި ނިމެންދެން، އެ މުވައްޒަފުން ވަގުތީގޮތުން ވަޒީފާއިން އެކަހެރިކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މާލިއްޔަތު ކޮމިޓީން ބުނީ، އޮޑިޓް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތުކުރެވޭ ފަދަ ސީރިއަސް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ، އެ ބައި ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާނެ ކަމަށެވެ.
މި މައްސަލައަކީ ދައުލަތުގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގައި ކޮރަޕްޝަނާއި ހިޔާނާތް ހިމެނޭކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުންދާ މައްސަލައެއްކަމަށް މާލިއްޔަތު ކޮމިޓީގެ މެންބަރުން ވަނީ ފާހަގަ ކޮށްފައެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު