މާލޭގައި ހުންނަ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ސައިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ބޮޑުތަކުރުފާނުމަގުގައި ހުންނަ "އާރްޑީސީ" ސައިޓުގައި ކަމަށެވެ.

އެ ހާދިސާ ހިނގީ އެ ސައިޓުގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ ދަންވަރު 00:13 ހާއިރު ކަމަށެވެ.

އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ރޯވި ސައިޓަށް ގޮސް ރޭ 00:23 ހާއިރު އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން