ޤާނޫނު އަސާސީ ފަސޭހައިން ބަދަލުކުރެވޭގޮތަށް އޮތުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ އަކީ ދިވެހިންނަށް މީގެކުރިން ލިބިފައިނުވާފަދަ ހައްޤުތަކާއި ސިޔާސީ އަދި މަދަނީ މިނިވަންކަން ގެނެސްދިން ޤާނޫނު އަސާސީއެއް ކަމަށެވެ.
ހަމައެއާއެކު ގާސިމް ވިދާޅުވީ މި ގާނޫނުއަސާސީއަށް މިހާތަނަށް ގެނެސްފައިވާ ދެއިސްލާޙަކީވެސް ވަރަށް ފަސޭހައިން ގެނައި އިސްލާޙުތަކެއް ކަމަށާއި ނަމަވެސް އެއީ އެކަން ވެގެންވާނެ ގޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
އެގޮތުން މަޖިލީހުގެ 75 ޕަސެންޓު މެޖޯރިޓީ ލިބޭ ޕާޓީއަކަށް ގާނޫނުއަސާސީ ބަދަލު ކުރެވޭނަމަ ނުރަނގަޅު ކަންކަން ހިނގާފާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އެހެންކަމުން ޤާނޫނު އަސާސީއަށް އެހާ ފަސޭހައިން ނުކުޅެވޭނެފަދަ މެކޭނިޒަމެއް އޮތުން މުހިންމުކަން ޤާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ރައީސް ޤާސިމް ފާހަގަ ކުރަށްވާފައިވެއެވެ.
“ބައެއްގެ ވިސްނުމަށް އަންނަ ޚިޔާލެއްގެ ސަބަބުން ފަންޑަމަންޓަލް ރައިޓެއް ނުވަތަ އިސްލާމް ދީން ކަނޑައަޅާފައިވާ 9 ވަނަ މާއްދާ 10 ވަނަ މާއްދާއަށް ވެސް ބަދަލުތަކެއް ގެނެސްފާނެތީ.” ޤާސިމް މިއަދު ވިދާޅުވިއެވެ.
ޤާސިމްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ފެހި ގާނޫނު އަސާސީ ތަސްދީގުކޮށްދެއްވި އޭރުގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބުދުލްގައްޔޫމަށްވެސް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު