ރާއްޖެއަށް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުތައް ގެނެވޭނީ ހަރުދަނާ އިންޝުއަރެންސް ނިޒާމެއް ޤާއިމު ކުރެވިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިމޭރުމުން ވިދާޅުވީ ރާއްޖޭގެ އިންޝުއަރެންސްގެ ވިޔަފާރީގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ހަރުދަނާ ރައްކާތެރި އުސޫލުތައް އެކަށައެޅުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިންޝުއަރެންސްގެ ބިލަށް މިއަދު ބަހުސް ކުރަށްވަމުންނެވެ.
އެގޮތުން އަޒާން ވިދާޅުވީ ރާއްޖެއަށް މިހާރު ބޭނުން ވަނީ ކުދިކުދި އިންވެސްޓްމަންޓްތަކެއް ނޫން ކަމަށާއި ރާއްޖެއަށް މިއަދު ބޭނުންވަނީ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ކަމަށެވެ. އަދި އިންޝުއަރެންސް ޤާނޫނެއް ވުޖޫދުވުމުން އިންވެސްޓަރުންނަށް އިތުރު ޔަޤީންކަމެއް ލިބިގެންދާނެ ކަމަށް އަޒާން ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް ބޭރުގެ ފަރާތްތަކަށް ދެވެންއޮތް އެންމެ ބޮޑު ޔަގީންކަމަކީ ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކަށް ސެކިއުރިޓީ އިންޝްއަރެންސް ލިބޭނެކަމުގެ ޔަގީންކަން.” މިއަދުގެ ބަހުސްގައި އަޒާން ވިދާޅުވެފައި ވެއެވެ.
އޭގެ އިތުރުން ޤުދުރަތީ ކާރިސާތަކުގެ ސަބަބުން ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމުގައި އެޤައުމުގައި އޮތް ހަރުދަނާ އިންޝުއަރެންސްގެ ނިޒާމް އަދާކުރި މުހިންމު ދައުރު އަޒާން ވަނީ ފާހަގަ ކުރަށްވާފައެވެ.
އަޒާން އިތުރަށް ވިދާޅުވީ އިންޝުއަރެންގެ ހަރުދަނާ ޤާނޫނެއް އޮތްނަމަ ކޮވިޑްގައި ދިވެހި ވިޔަފާރިވެރިންނަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.
މިއަދުގެ ބަހުސްގައި އަޒާންވަނީ މި ބިލް ދިރާސާ ކުރުމުގައި ކަމާގުޅޭ ސްޓޭކް ހޯލްޑަރުންގެ މަޝްވަރާއާއި ލަފާ ވީހާވެސް ފުޅާކޮށް ހޯއްދެވުމަށްވެސް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު