ރާއްޖެފަދަ ޤައުމަކަށް އިންޝުއަރެންސް ޤާނޫނުގެ މުހިންމުކަން ބޮޑު ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ) ވިދާޅުވެއްޖެއެވެ.
ޑްރީމްސް އިއްބެ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގެ އިންޝުއަރެންސްގެ ވިޔަފާރީގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ހަރުދަނާ ރައްކާތެރި އުސޫލުތައް އެކަށައެޅުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިންޝުއަރެންސްގެ ބިލަށް ބަހުސް ކުރަށްވަމުންނެވެ.
ބިލުގެ ބަހުސްގައި އިއްބެ ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތީ މީގެ 12 ވަރަކަށް އަހަރު ކުރިން އެކުލަވާލާފައިއޮތް އިންޝުއަރެންސް ޤާނޫނެއް ކަމަށާއި ނަމަވެސް އެއީ އެހާ ސާފު ޤާނޫނެއް ނޫން ކަމަށެވެ.
ހަމައެއާއެކު އެޤާނޫނަށް މިހާތަނަށް ގެނެސްފައިވަނީ ދެތިން އިސްލާޙު ކަމަށާއި ރާއްޖެފަދަ ވާދަވެރި ކުދި ވިޔަފާރިތައް އުފެދެމުން އަންނަ ޤައުމަކަށް އިންޝުއަރެންގެ ޤާނޫނެއްގެ ބޭނުން ނުހަނު ބޮޑަށް ޖެހިފައިވާކަން އިއްބެ ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ބަހުސްގައި އިއްބެ ވަނީ ބިިލުގެ ދަށުން ދިވެހިރާއްޖޭގައި އިންޝުއަރެންސް ކުރެވިގެންދާއިރު ޕްރިމިއަމަށް ދައްކާ ފައިސާގެ 20 ނުވަތަ 30 އިންސައްތަ ރާއްޖޭގައި ބެހެއްޓޭނެ ގޮތަށް ގާނޫނު ބައްޓަންކުރުމަށް ހުށައަޅުއްވާފައެވެ.
ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ މި ބިލުގައި ވަނީ އިންޝުއަރެންސް ކްލެއިމް ކުރުމުގައި ގަސްދުގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ތެދުނޫން މައުލޫމާތެއް ދީގެން ހައްގުނޫން މަންފާއެއް ހޯދުމާއި އެފަދަ މަންފާއެއް ހޯދަން އުޅުމާއި އެފަދަ މަންފާއެއް ހޯދައިދިނުމަށް އެހީތެރިވެދީފިނަމަ އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު