ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އަށް އޮޅިގެން ކަސްޓަމަރުންތަކެއްގެ އެކައުންޓުތަކަކަށް 77 ބިލިއަން ޖަމާކުރެވުނު މައްސަލަ އިތުރަށް ސާފުކުރުމަށް މަޖިލީހަށް ހުށައަޅައިފިއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެންނަވާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފެވެ.
އިމްރާން މިއަދު ވިދާޅުވީ އދ. އަތޮޅުގައި އޮންނަ ލިލީ ބިޗް ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއްގެ އެކައުންޓަށް ޖުލައި މަހުގެ މުސާރައިގެ ގޮތުގައި 77 ބިލިއަން އެމެރިކާ ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓްރާންސްފަރ ކޮށްފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ ހިއުމަން އެރަރ އެއްގެ ސަބަބުންތޯ ނުވަތަ ސިސްޓަމް އެރަރ އެއްގެ ސަބަބުންކަން ސާފުވާންޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އެފަދަ ގިނަ ޢަދަދެއްގެ ފައިސާ ކަސްޓަމަރުންތަކެއްގެ އެކައުންޓަށް ޖަމާކުރެވެން ވާނީ އިތުރަށް ބަލައި ވެރިފިކޭޝަން ޕްރޮސެސްއަކަށްފަހު ކަމަށާއި ބީއެމްއެލްގައި އެފަދަ ބައުންޑަރީއެއް ނެތްނަމަ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ހަމައެއާއެކު ބީއެމްއެލް މޯބައިލް އެޕްލިކޭޝަންގެ ޚިދުމަތް އަވަސްއަވަހަށް މެދުކެނޑޭ މައްސަލައަށް އަލިއަޅުވާ ލައްވަމުން އިމްރާން ވިދާޅުވީ ރޭ ފަތިހުން ފެށިގެން އެޕްލިކޭޝަން މަސައްކަތް ނުކުރާ ކަމަށާއި އެހެންކަމުން މިއަދުވެސް ރައްޔިތުނަށް މަސައްކަތް ނުކުރެވި ދިރިއުޅުމަށް ބުރޫ އަރާފައިވާ ކަމަށެވެ.
“ކޮމިޓީއަށް ހާޒިރުކުރާށެކޭ ނޫން. އެކަމުގެ ތަފްސީލީ މައުލޫމާތު އެނގިފައި އޮވެއްޖެނަމަ ކުރިއަށް އޮތް ތަނުގައި ޙައްލު ހޯދަން މަސައްކަތްކުރަން ފަސޭހަވާނެ.” އިމްރާން ވިދާޅުވިއެވެ.
އިމްރާންގެ ހުށައެޅުއްވުމާ ގުޅިގެން އެމައްސަލަ ސާފުކުރަން ތާޢީދުކޮށް ކޮމިޓީގެ މެންބަރުން މިއަދުވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު