ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވަން ލޯކަލް ކައުންސިލްގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާޙު މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތައް ފާސްކުރަން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވޯޓު ދެއްވީ 67 މެންބަރުންނެވެ. އެ އިސްލާހުތައް ފާސްކުރަން ނުފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވި އެވެ.
ސަރުކާރުން ހުށަހަޅާފައި ވަނީ މިހާރު ގާނޫނުގައި އޮންނަ 60 ދުވަހުގެ މުއްދަތު 183 ދުވަހަށް ބަދަލު ކުރުމަށެވެ. އެގޮތުން ދެ ބައި-އިލެކްޝަނެއްގެ ދެމެދު 183 ދުވަހަށް ވުރެ ދިގު އަދި 120 ދުވަހަށް ވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށް އިސްލާޙުގައިވެއެވެ.
އޭގެ އިތުރުން ބައެއް ހާލަތްތަކުގައި ކުރިންވެސް އަމަލު ކުރަމުން އަންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭ ގޮތަށްވެސް ސަރުކާރުން އިސްލާހު ހުށަހަޅާފައިވެއެވެ.
އެގޮތުން ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށާއި ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށް އިސްލާޙުގައިވެއެވެ.
އަދި ނައިބު ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމްވެސް ހުސްވެފައިވާނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ވެއެވެ.
އޭގެ އިތުރުން މެންބަރެއްގެ ގޮނޑި ހުސްވުމުގެ ސަބަބުން ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާނަމަ މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.
މިހާރު ޤާނޫނު އޮތްގޮތުން އިންތިޚާބުތަކަށް ދަޢުލަތުން ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށާއި އެހެންކަމުން ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަށްވެސް އެންމެ ލުއިފަސޭހަގޮތަކަށް ވެގެންދާނީ އަހަރަކު ދެފަހަރު ޖުމްލަކޮށް ބައި އިލެކްޝަން ބޭއްވުމުން ކަމަށް ބިލުގެ ބަހުސް މަރުޙަލާގައި މެންބަރުން ވަނީ ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލްގެ ގާނޫނުގައި މިހާރު ބަޔާންކޮށްފައިވަނީ ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ޚަރަދު ބޮޑު ގޮތެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ

ކިޔުންތެރިންގެ ހިޔާލު