ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ސައިކަލު ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ނެގުމުގެ ތުހުމަތުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާތީ، އެ މައްސަލަތައް މިހާރު ތަޙްޤީޤުކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚަބަރުދެއެވެ.

އަދި އެ ކުންފުނިން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ ޢަމަލެއްގެ ޝިކާރައަކަށް ވެފައިވާ އިތުރު ފަރާތްތަކެއް ވާނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ޔުނިޓުގެ ނަންބަރު 9790048 އަށް ގުޅައި، އެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ފުލުހުން ވަނީ މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން