މުވައްޒަފުން ތަމްރީނުކޮށް ދިރާސާކުރަން ފެނަކަ ކޯޕަރޭޝަނުން ވިލާކޮލެޖާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުހައްމަދު ރަޝީދެވެ. އަދި ވިލާ ކޮލެޖްގެ ފަރާތުން ސޮއި ކުރެއްވީ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ އަލީ ނަޖީބް އެވެ.

ފެނަކައިން ބުނީ، ވިލާ ކޮލެޖާއި ގުޅިގެން، ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށާއި، އެ ކޯޕަރޭޝަނުން ހިދުމަތް ދެމުން ގެންދާ ސިނާއަތާއި ގުޅޭ ދިރާސާތައް ހެދުމަށް އެސްބަސްވެފައިވާ ކަމަށެވެ.

 

މި ފަހުމުނާމާގެ ދަށުން، މުވައްޒަފުންނަށް ގުޅުން ހުރި ތަފާތު ތަމްރީންތައް ހިންގުމާއި ވަކިން ހާއްސަކޮށް ޓެކްނިކަލް މުވައްޒަފުން ޔޫއާރްއޭ މިންގަނޑަށް ސެޓިފިކޭޝަން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން