ފޮޓޯ؛ ފޭސްބުކް ޕޭޖް 'އައްޑޫ މަސްވެރިން'
ފޮޓޯ؛ ފޭސްބުކް ޕޭޖް 'އައްޑޫ މަސްވެރިން'
ދެކުނުގެ މަސްވެރިކަން ރަނގަޅުވުމުގެ މަލަމަތި ފެންނަން ފަށައިފިކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިއަދު ބުނީ، މަސްވެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށާއި، އެގޮތުން އައްޑޫ ދޯންޏެއް 25 ޓަނު މަސް ބާނައިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) އަށް ވަދެފައިވާ ކަމަށެވެ.

މިދިޔަ މަހު ފަހުކޮޅު ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެގެން ރައްޔިތުން ޝަކުވާ ކުރުމާ ގުޅިގެން މިފްކޯއިން ބުނެފައި ވަނީ، އޭރު މިފްކޯގެ މަސްފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދުވެސް ދަށްވުމުންކަމަށެވެ.

މިފްކޯއިން މަސްގަތުމަށް އަލަށް ކަނޑައަޅާފައިވާ އަގާއެކު މަސްވެރިން ކިރާ މަހަށް ދެ ހަފުތާ ތެރޭގައި ފައިސާ ދޫކުރެވޭނެކަމަށް މިދިޔަ މަހު ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމު މިއަދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރުން ކަމަށާއި އެގޮތުން މަސް ކާރުޚާނާތައް ތަރައްޤީކުރެވި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެއަމާޒަށް ވާސިލުވެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މިފްކޯއިން ވަނީ ޖުލައި ފުރަތަމަ ދުވަހުން ފެށިގެން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށް ކަމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން