ކަރަންޓުގެ ހިދުމަށް ރަނގަޅު ކުރުމަށް އަލިފުށީގައި އިތުރު ޑީބީތައް ބެހެއްޓުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

ފެނަކަ އިން ބުނީ ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެތެރެއިން ރ. އަލީފުށީގެ ނެޓްވޯކަށް އިތުރު ކުރަން ޖެހޭ ޑީބީ ބެހެއްޓުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށްދާ ކަމަށެވެ.

މިހާރު ކުރިޔަށް ގެންދަނީ ޑީބީ ބުޑުތައް ހަރުކުރުމުގެ މަސައްކަތް ކަމަށް އެ ފެނަކަ އިން ވަނީ ބުނެފައެވެ.

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ފެނަކައިން ދަނީ ގިނަ ރަށްރަށުގައި ޖެނެރޭޓަރ ތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން އާބާދީ ބޮޑު އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ފެނަކައިން މިއަދު ވަނީ އެ ސިޓީއަށް 1,600 ކިލޯވަޓުގެ ޖެނެރޭޓަރ ސެޓެއް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ.

މީގެއިތުރުން، މ. ކޮޅުފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 400 ކިލޯވަޓުގެ ޖެންސެޓެއް މިހާރު އެރަށަށް ގެންދެވިފައިވާ ކަމަށްވެސް މިއަދު ފެނަކައިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން