މި ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް އެއްވެސްކަމެއް ކުރިއަށް ނުގެންދާކަމަށާއި ހުރިހާ މަޝްރޫއުތަކެއް ހުރީ ހުއްޓާލާފައިކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހަށް އަލަށް އިންތިހާބުވި މެންބަރުންނާއެކު މިރޭ ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ އިތުރުން އިތުރު އެއްވެސް މަޝްރޫއެއް މި ސަރުކާރުން ނުހިންގާކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ ތެރެއިން ވެސް ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައިކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މި ސަރުކާރުން އިންޑިއާ އާއިމެދު ގެންގުޅުނު ސިޔާސަތުގެ ސަބަބުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު 43 އިންސައްތަ ދަށަށް ގޮސްފައިވާކަމަށެވެ.
އަދި ރިސޯޓްތަކުގެ އޮކިއުޕަންސީ ދަށްވެ ރިސޯޓުތައް ފަޅުވެފައިވާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޕީއެންއެފްގެ މެންބަރުންނާއި ޕީއެންސީގެ މެންބަރުންގެ މެދުގައި މިހާރު ހިނގާ ބަހުގެ ހަމަލާތަކަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ، މިހާރު ފެނިގެންދަނީ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށް އެތެރޭގެ ކޯޅުންތަކެއްގައި ތިބި ތަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު