އިމިގްރޭޝަނުން ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން މާލެ ސަރަހައްދުގެ ހަތް ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފް ހަތަރު ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ހިންގާ ހާއްސަ އޮޕަރޭޝަންގެ ދަށުން އިއްޔެ ހިންގި އޮޕަރޭޝަންގައި އިމިގްރޭޝަނުން ވަނީ ބިދޭސީން ހިންގަމުންދާ ކޮފީ/ޓޭކްއަވޭ ފިހާރަތައްވެސް ބަލައި ފާސްކޮށްފައެވެ.

އިމިގްރޭޝަނުން ވަނީ މީގެ ކުރިންވެސް "އިމިގްރޭޝަން ވޮޗް" އަށް ރިޕޯޓު ކުރާ ތަންތަން ބަލައި އެތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން އަތުލައިގެންފައެވެ. އެގޮތުން ގަވާއިދާ ހިލާފަށް ވިޔަފާރިތަކުގައި ޝާމިލުވާ ބިދޭސީން ހޯދުމަށް މި ސަރުކާރުން ހިންގި ރެއިޑްތަކުގެ އަދަދު 200 އަށްވުރެ މައްޗަށް މިހާރު ވަނީ އަރާފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތައް ބަލައި ގާނޫނީ އިމުގެ ތެރެއަށް ބިދޭސީން ފައްތާނެ ކަމަށް އިމިގްރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ. އެގޮތުން އެ މުއަސަސާއިން ހިންގާ އޮޕަރޭޝަން ހުއްޓާލާނީ، އެ މަސައްކަތުގެ ނަތީޖާ ނެރުމަށް ފަހު ކަމަށް ވަނީ ބުނެފަ އެވެ.

24 ގަޑިއިރު އިމިގްރޭޝަނާއި ގުޅޭ މައްސަލަތައް އިމިގްރޭޝަނަށް ފޮނުވޭ ގޮތަށް އެ މުއަސަސާއިން ވަނީ “އިމިގްރޭޝަން ވޮޗް” ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ފަރުމާކޮށްފައެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އެކި ފަރާތްތަކުން ދަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރަމުންކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަލީ ރަޝީދު

09-Aug-2024

އެއް ދޮރުން ވައްދާނެ އަނެއް ދޮރުން ބޭރުވެގެން ދާނެ! 😱



ފަހުގެ ލިޔުންތައް

ޓްރެންޑިން