އިމިގްރޭޝަނުން ރޭ ހިންގި އޮޕަރޭޝަންގެ ތެރެއިން
އިމިގްރޭޝަނުން ރޭ ހިންގި އޮޕަރޭޝަންގެ ތެރެއިން
ހުޅުމާލޭގައި ބޯކޮށުމުގެ ޚިދުމަތްދޭ 04 ތަނެއް ބަންދުކޮށް 07 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ރޭ ބުނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް ކުރިޔަށްގެންދާ އޮޕަރޭޝަންގައި ރޭ ހުޅުމާލޭގައި ހިންގަމުންދިޔަ ބޯކޮށުމުގެ ޚިދުމަތްދޭ 06 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އަދި އޭގެތެރެއިން 04 ތަނެއް ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅޭ 07 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.



މި މައްސަލަ އިމިގްރޭޝަނުން ތަހުގީގު ކުރަމުންދާއިރު މިއީ މިހާރު ސިލްސިލާކޮށް އިމިގްރޭޝަނުން ކުރިޔަށް ގެންދާ އޮޕަރޭޝަން ތަކެކެވެ.

އިމިގްރޭޝަނުން އޮޕަރޭޝަނެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފައިވާއިރު ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ ޚާއްސަ މަސައްކަތްތަކެއް ދާޚިލީ ވުޒާރާއިން މިހާރުވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން