ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ބޭއްވުނީ މިއަދު ކޮމިޝަނަރ އޮފް ޕޮލިސްގެ އޮފީހުގައި ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން، ދެ މުއައްސަސާގެ މެދުގައި އޮންނަ އެކުވެރިކަމާއި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އަދި އެހެނިހެން ދާއިރާތަކުން ދެފަރާތުން އެއްބާރުލުން ދެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނެވެ. އަދި މަސްތުވާތަކެތި ފަދަ ގެއްލުންދެނިވި ތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވައި، ރާއްޖެއަކީ އަމާން އަދި ރައްކާތެރި ޤައުމަކަށް ހެދުމަށް ގުޅިގެން ކުރެވޭ މަސައްކަތްތައް ފުޅާކޮށް، އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.

މި ބައްދަލުވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން