ބަންގްލަދޭޝްގައި އެކުލަވާލި ވަގުތީ ސަރުކާރުގެ އިސް މުސްތަޝާރަކަށް ހަމަޖައްސާފައިވާ ޑރ. މުޙައްމަދު ޔޫނުސްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުސްތަޝާރަކަށް ހަމަޖައްސާފައިވާ ޔޫނުސްއަށް މަރުހަބާ ދަންނަވާ ކަމަށާއި އޭނާގެ ލީޑަރޝިޕްގެ ދަށުން އެ ގައުމަށް އެއްބައިވަންތަކަމާއި ހަމަޖެހުން ލިބުމަށް އެދިވަޑައިގަންނަވާކަމަށެވެ.



އުމުރުން 84 އަހަރުގެ އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މުޙައްމަދު ޔޫނުސްއަކީ ނޯބެލް އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އެ ގައުމުގައި ގިނަ އަހަރުތަކެއް ވަންދެން ވެރިކަންކުރެއްވި ޝައިޚު ހަސީނާގެ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވިފަހުން ހަސީނާ މިހާރުވަނީ އިސްތިއުފާ ދެއްވުމަށްފަހު ގައުމުން ފިއްލަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން