ރާއްޖޭގެ އެކި ސަރަހައްދުތަކުން 4 މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަނުން އިއުލާން ކޮށްފިއެވެ.

ފެނަކައިން 4 މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާއިރު އެ މަޝްރޫއުތަކަކީ ށ. މާއުނގޫދޫގެ އޮފީސް އިމާރާތުގެ މަސައްކަތާއި، ހއ. ދިއްދޫ، ޏ. ފުވައްމުލަށް އަދި ހދ. ކުޅުދުއްފުށީގައި އިމާރާތްކުރަމުން ގެންދާާ އިންޖީނު ގެތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމަށް ކުރި އިއުލާނެކެވެ

އިންހައުސްކޮށް ނުވަތަ (ފެނަކައިގެ މުވައްޒަފުން) ބޭނުންކޮށްގެން ތަކެތި ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތްތައް ކުރުމުން ބޮޑުތަނުން ޚަރަދު ކުޑަވެފައި ލުއިފަސޭހަވެގެންދާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ އެ ކޯޕަރޭޝަނުން ބަޔަކާއި ހަވާލުކޮށްގެން ހިންގުމައް އިއުލާނުކުރި 4 މަޝްރޫއަކީ ވެސް މިދިޔަ މެނޭޖްމަންޓުން އިންހައުސްކޮށް ނުވަތަ (ފެނަކައިގެ މުވައްޒަފުން) ބޭނުންކޮށްގެން ކުރިއަށް ގެންދަމުންދިޔަ ހަތަރު ޕްރޮޖެކްޓު ކަމަށެވެ. ފެނަކައިން ބުނީ އެ ކޯޕަރޭޝަނުން ކުރިން އެކަން ކޮށްފައިވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ނުއަގުގައި ކަމަށެވެ.

 

ފެނަކަ އަކީ ރައްޔިތުންނަށް އަސާސީ ޙިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏަކަށްވާއިރު، އެ ކުންފުނީގެ މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަދި ރައްޔިތުންނަށް އެދެވޭ ޙިދުމަތެއް ދެވޭ ކުންފުންޏަކަށް، ފެނަކަ ވެގެންދިއުމަށް ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން އަބަދުވެސް ފާހަގަކުރާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން