އަބަދުވެސް މަސައްކަތް ކުރައްވަނީ އަމާނާތްތެރިކަމާއެކު ރައީސްގެ އިރުޝާދުގެ ދަށުން ދީނާއި ޤައުމާއި ރައްޔިތުންގެ މަސްލަޙަތު ދަމަހައްޓަން ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމްކަމަށް ބުނެ މީހެއްގެ ބަދުއަޚުލާގީ ވީޑިއޯތަކެއް ދައުރުވީ ނިމިގެން ދިޔަ ހަފްތާގަ އެވެ. ނަމަވެސް ފަހުން އެއީ އެޑިޓްކޮށްފައިވާ "ޑީޕް ފޭކް" ވީޑިއޯއެއްކަން ވަނީ ހާމަވެފަ އެވެ.

އެކަން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވެސް ފާހަގަކޮށް ވަނީ އެފަދަކަންކަން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ހުދު އެ ވީޑީއޯތައް އެންމެ ފުރަތަމަ ލީކުކޮށްލި "ހަސަން ކުރުސީ"ގެ ޓުވިޓާ އެކައުންޓުން ވެސް ވަނީ އެއީ ފޭކެއްކަން ޔަގީންކޮށްދީ މާފަށް އެދިފަ އެވެ.

ނަމަވެސް މިހާތަނަށް ވެސް އިސްލާމިކް މިނިސްޓަރު އެ ވީޑިއޯއާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް މިނިސްޓަރުގެ އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތް ކުއްވެރިކޮށް ވެރިކަން ކުރާ ޕީއެންސީން ބަޔާނެއް ނެރުމުން ޝަހީމް ވެސް ވަނީ އެބަޔާނަށް ބާރުލިބޭފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ އަމާނާތްތެރިކަމާއެކު ރައީސްގެ އިރުޝާދުގެ ދަށުން ދީނާއި ޤައުމާއި ރައްޔިތުންގެ މަސްލަޙަތު ދަމަހައްޓަން. އިންޝާ ﷲ." ޝަހީމް އެކްސްގައި ވިދާޅުވި އެވެ.

ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން