ގަބުރުތައް ނަގައި މާފަންނު ސަހަރާ ހުސްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލްގެ އިއުލާނުގައި ބުނީ މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ކުރަން ޖެހޭނީ އެ ކައުންސިލާއި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ. އަދި އެކަން ކުރަން ޖެހޭނީ މައުލޫމާތު ކަރުދާހުގައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ވެސް އެ އިއުލާނުގައި ކައުންސިލުން ވަނީ ބުނެފައެވެ.

މާފަންނު ސަހަރާއިން ހުސްކުރަނީ 36،153 އަކަފޫޓްގެ ސަރަހައްދެއް ކަމަށް ކައުންސިލުން ބުނެއެވެ. މަސައްކަތަށް ޝައުގުވެރިވެ ބީލަަން ހުށައަޅާ ފަރާތްތަކުގެ ބީލަން ހުޅުވުން މި މަހު 20 ގައި އޮންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މި ސަހަރާގައި މީހުން ވަޅު ނުލާތާ އަހަރުތަކެއް ވެފައިވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން