މަރްޔަމް ނަހްދާ ވަޙީދު   10 އޯގަސްޓު 2024 - 0:42
ތޭރަ އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި- ގޫގުލް ފޮޓޯސް
ތޭރަ އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި- ގޫގުލް ފޮޓޯސް
13 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިން ޑޮކްޓަރުން ޕިނެއް ނަގައިފިއެެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މަހަރަޝްތްރާގެ ރަތުނަގިރީގެ އަވަށެއް ކަމަށްވާ ރާޖްޕޫރުގެ 13 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައި، ޑޮކްޓަރުން އެކުއްޖާގެ ފުރާނަ ސަލާމަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިކުއްޖާއަށް ޕިން ދިރުވާލެވިފައިވަނީ ސްކާފު އަޅަންވެގެން އުޅުމުގެ ތެރޭގައި ޕިން އަނގައަށް ލައިގެން ހުއްޓައި އޮޅިގެން ކަމަށާއި، މި ހާދިސާ ދިމާވުމާއެކު މިކުއްޖާ ރަތުނަގިރީގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. ހޮސްޕިޓަލަށް ގެންދިއުމުން ކުއްޖާގެ ބަނޑުގައި ޕިން އޮތްތޯ ބެލުމުގެ ގޮތުން އެންޑޮސްކޮޕީ އެއް ހެދިކަމަށާއި، ބަނޑުން ނުފެނުމުން އެ ޕިން ފުއްޕާމޭގައި އޮތް ކަމުގެ ޝައްކު ތަކެއް ޑޮކްޓަރުންނަށް ކުރެވުނު ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.

އަދި އެ ޝައްކު ތަކުގެ ސަބަބުން ފުއްޕާމޭގެ އެކްސްރޭ އެއް ނަގައި ބެލުމުން ޑޮކްޓަރުންގެ ޝައްކުތަށް ޔަގީންވި ކަމަށާއި، އެކްސްރޭއިން ފެނުނު ގޮތުގައި ޕިން އޭރު އޮތީ ފުއްޕާމޭގެ ވާތު ފަޅީގެ ތިރީ ލޯބު ގައި ކަމަށް ފުއްޕާމޭގެ ހާއްސަ ޑޮކްޓަރަކާ ހަވާލާދީ މި ރިޕޯޓުގައި ބުނެފައި ވެއެވެ.

އަދި މިކަން ޔަގީންވުމާއެކު އެ އަންހެން ކުއްްޖާ އިމަޖެންސީކޮށް އޮޕަރޭޝަން ކުރި ކަމަށާއި، 50 މިނެޓުގެ ޕްރޮސީޖަރަކަށްފަހު ކުއްޖާގެ ފުއްޕާމެއިން ޕިން ނަގާފައިވާ ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ. އަދި މި ހާދިޘާގެ ސަބަބުން ކުއްޖާއަށް އިތުރު އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށާއި، ހަމަ އެ ދުވަހު ކުއްޖާ ހޮސްޕިޓަލުން ދޫކޮށްފައިވާ ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން