ޖަލަށް މަނާތަކެތި ވައްދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފޮސަރުން
ޖަލަށް މަނާތަކެތި ވައްދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފޮސަރުން
ޖަލަށް މަނާތަކެތި ވައްދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖަލު އޮފިސަރުންގެ ވަނަވަރު ހާމަކޮށްފިއެވެ.

މާފުށީ ޖަލުގައި ބަންދުކޮށްފައިތިބޭ ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރެއިން ފެށިގެން ހިންގި އޮޕަރޭޝަނެއްގައި 13 އޮފިސަރުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ، އެ 13 އޮފިސަރުންގެ މައްސަލަ ތަހުގީގުކޮށް ނިންމައި، ދަޢުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.



އެމީހުންގެ ތެރެއިން ނުވަ މީހަކު މާފުށިން ހައްޔަރުކުރި އިރު، ކާށިދޫން ދެ މީހަކު، އުތީމުން އެކަކު އަދި މާލެއިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

އެ މައްސަލާގައި ހައްޔަރުކުރި އޮފިސަރުންގެ ތެރޭގައި ހިމެނެނީ ކ. މާފުށި މާވިނަ، ޒަޔާން އަހުމަދާއި ރ. މީދޫ ހިޖާޒް، ޔާމީން ހުސެއިނާއި ށ. ފޯކައިދޫ ފަހާގެ، އަހުމަދު ޝަމާލާއި ށ. ފޯކައިދޫ ދަނބުމާގެ، މުހައްމަރު ރިމާޒް އާއި ކ. ކާށިދޫ ބިންމަތީގެ، އަހުމަދު އަނޫފް އާއި ނ. ލަންދޫ ކާމިނީގެ، އަލީ އަޝްފާޤެވެ.

އޭގެ އިތުރުން ފ. ނިލަންދޫ ހަވޭލި، މާޒިން ހަމީދު އާއި ރ. އުނގޫފާރު އައިވަރީ ހައުސް، ޖިނާހް އަބްދުލްރަހީމާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲ އާއި ގ. އީވްނަން ސްޓާ، މުހައްމަދު ނަބުހާން އާއި މ. މޭދާ، މުހައްމަދު ނަބީލް އިބްރާހީމާއި ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމާއި ކ. މާފުށި ބީޗް ހައުސް، އަލީ ހިޝާމް ވަނީ މިމައްސަލާގައި ހައްޔަރު ކޮށްފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މާފުށީ ޖަލަށް މަނާތަކެތި ވެއްދުމުގައި ޖަލު އޮފިސަރުންގެ 18 މީހަކު ބައިވެރިވި ކަމަށެވެ. އަދި އެމީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން