ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އެމްޑީޕީން މަލާމަތްކުރަނީ ސިޔާސީ ޕޮއިންޓް ހޯދަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެގޮތުން ރައީސް ނަޝީދު ވަނީ މި ސަރުކާރުން ހިންގި "އިންޑިއާ އައުޓް" ހަރަކާތް "ވެލްކަމް އިންޑިއާ"އަށް ބަދަލުކޮށްފައި ވާކަމަށް ބުނެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދާދިފަހުން ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވެފައެވެ.
ޝާހިދަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކަށް މަރުހަބާ ކިޔުމުގެ ބަދަލުގައި، ކުރިން ކަންވެފައި އޮތްގޮތަށް މަލާމާތް ކުރުމުން އެނގެނީ އެމްޑީޕީން ރާއްޖެއާއި އިންޑިއާ ގުޅެން ނޭދޭކަން ކަމަށެވެ.
"ބޭނުންވަނީ ސިޔާސީ ޕޮއިންޓް ހޯދަން، އުސޫލުގައި ނުހިފެހެއްޓޭ." އިންޑިއާ އާއި ގާތްގުޅުމެއް ބާއްވަވާ ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ޝާހިދު ވިދާޅުވެފައިވަނީ ސަރުކާރުގެ ވެރިން ކުރިން ވިދާޅުވަމުން ގެންދެވީ އިންޑިއާ އައުޓް ކަމަށާއި ނަމަވެސް 9 މަސް ވީއިރު މިހާރު އޮންނަނީ ވެލްކަމް އިންޑިއާ ކަމަށެވެ. އޭގެ އިތުރުން އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ.
“ކޮބައިތޯ އެއްކަލަ ދެހާސް ސިފައިން ރާއްޖޭގައިތިބި އިންޑިއާގެ. މިއީ މީދާތަކެއް ނޫނެއް ނޫންތޯ ހޮރު ކޮނެގެން ވަދެ ތިބޭކަށެއް.” ޝާހިދު ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ޝާހިދަށް ރައްދު ދެއްވާފައި ވާއިރު އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެއަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒުވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ދަމަހައްޓައި ބަދަހި ކުރަށްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

Badhahi India-Raajje ge gulhumah edhey faraiythakun sarukaaruge siyasathah genaibadhalah marhaba nukiya,kurin kanvefai oiy goiy faahagakoh sarukaarah malaamaiy kuranama ekamun dheyhavanee India-Raajje gulhumah neydheykan.Beynun vanee siyaasee point hoadhun.Usoolgai nuhifeheteykan https://t.co/FG3X8SYI3z
— Mohamed Nasheed (@MohamedNasheed) August 10, 2024
ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ޝާހިދަށް ރައްދު ދެއްވާފައި ވާއިރު އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެއަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒުވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ދަމަހައްޓައި ބަދަހި ކުރަށްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު