އދ. ހަންޏާމީދޫ ގެއެއްގައި އަނިފާން ރޯވެ ދިރިނޫޅެވޭ ވަރަށް އަނދައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެރޭގެ ވަގުތެއްގައެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޓްމެންޓް އޮތޯރިޓީން ބުނެފައިވަނީ، ރޭ ދަންވަރު އދ. ހަންޏާމީދޫގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެ ހާދިސާގައި އެތަން ވަނީ ދިރިނޫޅެވޭވަރަށް އަނދާފައި ކަމަށެވެ.



އެހެންކަމުން އެ ގޭގައި ދިރިއުޅުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެރަށު ކައުންސިލާއި ގުޅިގެން އެންޑީއެމްއޭއިން ކުރަމުން ގެންދާކަމަށް ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން