އަހުޒަމް އަޙްމަދު   11 އޯގަސްޓު 2024 - 10:26
ރާއްޖޭގައި މަންމައަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. ގުރައިދޫއަށް ނިސްބަތްވާ 38 އަހަރުގެ އަހުމަދު ނިޒާރު ނަމަަކަށް ކިޔާ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މާރާމާރީއާއި ގެވެށި އަނިޔާކުރި ކަމުގެ ތުހުމަތުގަ އެވެ.

އެެގޮތުން ހުށަހަޅާފައިވާ ބަޔާންތަކުން އޭނާ މަންމައަށް އަނިޔާކުރި ކަމަށް ބެލެވޭ ކަަމަށް ބުނެފައި ވެއެވެ.

އޭނާ ތަކުރާރުކޮށް އެ އަމަލުކޮށްފާނެ ކަމަށް ބެލެވޭނެތީއާއެކު އަދި މަންމައަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭތީ އިއްޔެއިން ފެށިގެން 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން