ހުޅުމާލެއަށްދާ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ވީޑިއޯ އިން ފެންނަ މީހުންނަކީ މެއި 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ އެކްސިޑެންޓަކާ ގުޅިގެން ހެންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ހޯދަން ބޭނުންވާ ދެ މީހުން ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން ހޯދަން ވީޑިއޯ ފުޓޭޖް އާންމުކުރީ އެމީހުންނަކީ ކޮންބައެއްކަން އެއިން ދެނެގަތުމަށް ދަތިވެފައިވާތީ ކަމަށެވެ.
ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ލަސްނުކޮށް ހެންވޭރު ފުލުހުންގެ ނަންބަރު، 9400053 އަށް ގުޅައި ހިއްސާކުރަން އެދޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު