ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ބަހްރައިނަށް ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، ވަޒީރު ޒަމީރުގެ މި ދަތުރުފުޅަކީ ބަހްރައިނުގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުއްލަޠީފް ބިން ރާޝިދު އައްޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ބަހްރައިން ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވުޒާރާއި ވަނީ ބުނެފައެވެ.

ވަޒީރު ޒަމީރު އިއްޔެގެ ވަގުތެއްގައި ބަހްރައިނަށް ފުރާވަޑައިގެންފައިވާއިރު، މިއަހަރަކީ ރާއްޖެއާއި ބަހްރައިނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 44 އަހަރު ފުރޭ އަހަރު ކަމަށް ވެސް ޚާރިޖީ ވުޒާރާއި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން