ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކޮށްފައިވާ 4000 ފްލެޓް އަންނަ އޮކްޓޯބަރުގައި ޙަވާލުކޮށް ނިންމަން މަސައްކަތް ކުރަށްވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވެއްޖެއެވެ.
ޑރ. ހައިދަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ހައިދަރު މިއަދު ވިދާޅުވީ 4000 ފްލެޓް ދޫކުރުމުގެ މަސައްކަތް ހުއްޓުވީ އޭސީސީން ކަމަށާއި ކުރީ ސަރުކާރުގައިވެސް އޭސީސީން ދެފަހަރެއްގެ މަތިން ހައުސިން މިނިސްޓްރީއަށް އެމަސައްކަތް މަޑުޖައްސާލުމަށް ސިޓީތައް ފޮނުވާފައިވާ ކަމަށެވެ.
“14 ފެބްރުއަރީގައި އޭސީސީން ތަހުގީގު ނިންމާފައި އަޅުގަނޑުމެންނަށް ޙަވާލު ކުރިއިރު ލާޒިމް ކޮށްފައި އޮތް ބައެއް ކަހަލަ ކަންތައްތައް ކުރަން.” ވަޒީރު މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.
އެގޮތުން ފޯމުތައް އަލުން މުރާޖަޢާކޮށް ދެފުށްފެންނަ ގޮތަކަށް މަސައްކަތް ކުރުމަށް އޭސީސީން އެންގުމާ ގުޅިގެން އެގޮތަށް އެމަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ހައިދަރު ވިދާޅުވިއެވެ.
“މުރާޖަޢާ ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިމަހުގެ މެދުތެރޭގައި ފެށިގެންދާނެ. އަދި އެންމެ ޙައްޤުވާ 4000 ފަރާތަށް މި ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އޮކްޓޯބަރު މަސް ތެރޭގައި ނިންމާލެވޭނެ ވާހަކަ ދަންނަވަން.” ޑރ. ހައިދަރު ވިދާޅުވެފައި ވެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަށްފަހު ބުނީ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. ކުރީ ސަރުކާރުން ފްލެޓްގެ ހައްގުވެރިންގެ ގޮތުގައި އެކުލަވާލި ދާއިމީ ލިސްޓުގައި ހިމެނޭ 20 އިންސައްތަ ފޯމުގައި މައްސަލަތައް ހުރި ކަމަށްވެސް އޭސީސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު