ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ 4 މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

އެމްޑީޕީ މެންބަރުން މިއަދު ހިތްހަމަ ނުޖެހުން ފާޅުކުރަށްވަން ފެއްޓެވީ ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން އެމްޑީޕީ ސަރުކާރުން ގުޅީފަޅުން ދޫކޮށްފައިފައިވާ ގޯތިތައް ޙަވާލު ކުރެވޭނީ ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމުމުން ކަމަށް ވަޒީރު މިއަދުވަނީ ވިދާޅުވެފައެވެ.

އޭގެ ފަހުން އެމްޑީޕީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ވަޒީރު އެކަށީގެންވާ ޖަވާބު ނުދެއްވާކަމަށް ވިދާޅުވެ އެމްޑީޕީ މެމްބަރުން ތަޅުމުގައި އަޑުގަދަކުރަށްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މެމްބަރުންގެ ނަންތައް އިއްވައި ތަޅުމުން ބޭރުކޮށްފައެވެ.

ރިޔާސަތުން ނަން އިއްވެވި މެންބަރުންނަކީ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެން ޒިޔާދާއި، އެމްޑީޕީ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އިތުރުން ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

މެމްބަރުންގެ ނަން އިއްވުމަށްފަހު އަބްދުއްރަހީމް ވަނީ މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވާ ލައްވާފައެވެ. އަބްދުއްރަޙީމް ވިދާޅުވީ ދެން ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 11:00 ގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން