މުޅި ރާއްޖޭގައި 85000 ހައުސިންގ ޔުނިޓް ގާއިމުކުރާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހައިދަރު ވިދާޅުވީ މިހާރު ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއް ފެށޭނެ ކަމަށާއި މިދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި 85000 ހައުސިންގ ޔުނިޓް ގާއިމުކުރައްވާނެ ކަމަށެވެ.
މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވަރަށް ގިނަ މަޝްރޫއުތަކުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށެވެ. އެހެންވެ ސަރުކާރުން އިސްކަމެއް ދިނީ އެ މައްސަލަތައް ހައްލުކޮށް މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ކަމަށާއި މިސަރުކާރުން ރާވާފައިވާ ކަންކަން ކުރުމަށް ފުރުސަތު ލިބޭނީ އެ މަސައްކަތްތަކަށް ފަހުގައި ކަމަށް ވަޒީރު ވިދާޅުވި އެވެ.
ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރުވަނީ މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި މިސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުން އައު މަޝްރޫއެއް ކުރިޔަށް ނުގެންދަވާ ކަމަށާއި އެއީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގެ މަސައްކަތް ކުރިޔަށްދާތީ އެގޮތަށް ކަންތައް ކުރައްވަނީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު