ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 26 އި ހަމައަށް ދަންމާލުމަށް މަޖިލިހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިހާރު ކުރިއަށްދާ މަޖިލިހުގެ ދައުރު މި މަހުގެ ސައްބީހާ ހަމައަށް ދަންމާލުމަށް ގަސްތުކުރައްވާކަން ހާމަކުރައްވައި އެކަމަށް މިއަދު ވޯޓަށް އައްސަވާނެކަމަށް އިއުލާނު ކުރައްވައިފައެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް ބެހިގެން ދާނީ އަހަރުގެ ތިން ދައުރަކަށެވެ. އެގޮތުން މިހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަޖިލިހުގެ ފުރަތަމަ ދައުރު ހަމަވާނެއެވެ.
އަބްދުއްރަޙީމް ވިދާޅުވީ ދައުރު ދިގުދަންމާލުމަށް މަސައްކަތް ހުށައެޅުއްވީ، މި ދައުރުގައި ނިންމުމަށް މުހިއްމު މަސައްކަތްތަކެއް ހުރުމުން އެކަންކަން ނިންމާލެއްވުމަށްޓަކައި ކަމަށެވެ.
ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރައްވާފައިވަނީ މި އަހަރުގެ މެއި މަހުގެ 28 ގައެވެ. ޖުމުލަ 93 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. ޕީއެންސީގައި 75 މެންބަރުން އެބަތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު