ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރު ދަންމާލަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މިހާރުގެ ގަވައިދުގައިވާ ގޮތުން މި ހިނގާ ދައުރުގެ އެންމެ ފަހު ދުވަހަކީ މި މަހުގެ 15 ވަނަ ދުވަސް ކަމަށެވެ.
އެހެން ނަމަވެސް މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރާން ހުރުމުން މި މަހުގެ 26 އާ ހަމައަށް މި ދައުރު ދަންމާލަން ގަސްތުކުރައްވާ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.
އެހެންކަމުން އެކަމަށް ގޮތެއް ނިންމުމަށް މިއަދު ވޯޓަށް އަހާ ގަޑީގައި ވޯޓަށް އަހާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މުހިންމު މަސައްކަތްތަކެއް ހުރުމުން 19 ވަނަ ދައުރުގައި ވެސް މަޖިލީހުގެ ދައުރު ދަންމާލައިފައި ވެއެވެ.
އޭގެ އިތުރުން މުހިންމު ކުއްލި މައްސަލަތަކާ ގުޅިގެން ދައުރުން ބޭރުން ވެސް ޖަލްސާތައް ބާއްވައިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު