ސަރުކާރުގެ ޤާބިލުކަމެއް ނެތް ކަމަށާއި މިހާރު ޑޮލަރުގެ އަގު އަށާރަ ރުފިޔާއަށް އަރާފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ހަވަރުބެރު ޕެނަލް ޑިސްކަޝަންގައި ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތަކަށް ބެލުމުން ފެނިގެންދަނީ ހުރިހާ ދިމާލަކުންވެސް ފެއިލްވެފައިވާ މަންޒަރު ކަމަށެވެ.
އެގޮތުން ޑޮލަރުގެ އަގުވެސް ވަޢުދުވީ ގޮތަށް އަތްފޯރާ ހިސާބަށް ގެނެސްދެވިފައި ނުވާކަމަށާއި މިހާރު ޑޮލަރުގެ އަގު ހުރީ 18 ރުފިޔާ 30 ލާރިއަށްކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު ޚާރިޖީ ސިޔާސަތުންވެސް ފެންނަނީ އެއްވެސް އަމާޒެއްނެތި މަސައްކަތް ކުރާ މަންޒަރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
“މި ފެންނަނީ އެއްޗެއް ބޭނުންވީމަ އެދިމާލަކަށް ގޮސްލާތަން. އެއްވެސްކަހަލަ އިޚްލާސްތެރިކަމެއް މި ސަރުކާރުގައި ނެތްކަން.” ފައްޔާޒް ވިދާޅުވެފައިވެއެވެ.
ފައްޔާޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށާއި އެގޮތުން ވަޒީފާއިން ނުކަނޑާނެ ކަމަށް ކެމްޕޭނުގައި ވަޢުދުވީ ނަމަވެސް މިއަދު ޢަމަލުން ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ.
ހަމައެއާއެކު ފްލެޓްތަކާއި ގޯތިތައްވެސް އަތުނުލާނެ ކަމަށް ބުނުމަށްފަހު އެކަންވެސް މުޅިން ބަދަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ރޭގެ ޕެނަލް ޑިސްކަޝަންގައި ފައްޔާޒް ވަނީ ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް ކަމަށާއި ޤައުމު ހިންގުމުގެ ޤާބިލުކަންވެސް ނެތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު