ބައެއް ވުޒާރާތަކުގައި ސިވިލް ސަރވިސް މުވައްޒަފުންނަށްވުރެ ސިޔާސީ މުވައްޒަފުން ގިނަކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ހަވަރުބެރު ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޒިޔާދު ވިދާޅުވީ މި ސަރުކާރުން ޚަރަދު ކުޑަކުރާނެ ކަމަށް ބުނި ނަމަވެސް ޢަމަލުން ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ.
އެގޮތުން ވަކި ވުޒާރާއެއް ފާހަގަ ކުރެއްވުމެއްނެތި ޒިޔާދު ވިދާޅުވީ ސަރުކާރުގެ ވުޒާރާއެއްގައި ސިވިލް ސަރވިސް މުވައްޒަފުންނަށްވުރެ ސިޔާސީ މުވައްޒަފުންގެ ޢަދަދު މިހާރު ގިނަ ކަމަށެވެ. އޭގެ އިތުރުން ރައީސް އޮފީހުގައި އެކަނިވެސް 347 މުވައްޒަފުން އެބަތިބި ކަމަށް ޒިޔާދު ވިދާޅުވިއެވެ.
“އަލަށް އުފެއްދި އަތޮޅު މިނިސްޓްރީއާ ވައްތަރު މިނިސްޓްރީއެއް އޮންނާނެ. އެ މިނިސްޓްރީގައި ސިވިލް ސަރވަންޓުންގެ ޢަދަދަކީ 45. ސިޔާސީ މުވައްޒަފުން 63.” ޒިޔާދު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަށް ފާޑު ވިދާޅުވަމުން ޒިޔާދު ވިދާޅުވީ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ވަޒީފާއިން ވަކިކުރަނީ ދިހަ ބާރަހާސް ރުފިޔާގެ މަހު މުސާރަ ލިބޭ އާދައިގެ މުވައްޒަފު ކަމަށެވެ. އޭގެ އިތުރުން އެންމެ ފުރަތަމަވެސް ދިމާކުރީ ނިކަމެތިން އިތުރަށް ނިކަމެތި ކުރުމަށް ކަމަށް ޒިޔާދު ވިދާޅުވެފައިވެއެވެ.
“ޚަރަދު ކުޑަކުރަން މަހުގެ އަގު ކުޑަކުރީ. ސީދާ އެންމެ ނިކަމެތި މީހާއާ ހަމައިން މި ފެށީ.” ރޭގެ ޕެނަލް ޑީސްކަޝަންގައި ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޢަދަދު މުޅިން ސާފު ނޫން ކަމަށާއި ނަމަވެސް އެނގޭ ކަމަކީ ވަޒީރުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުންގެ ޢަދަދު ކެބިނެޓް މިނިސްޓަރުންނަށް ވުރެ ގިނަކަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު