ބިންވެރިޔާ ސްކީމްގެދަށުން ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިންތައް ވާރިސުންނަށް ދޭން ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ވާރިސުންނަށް ބިން ހަވާލުކުރަން ނިންމައި އެކަމަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
މިއަދު ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ މީހުންގެ ތެރެއިން ‘އެޕްލިކަންޓް’ ނުވަތަ ‘އެޕްލިކަންޓުން’ މަރުވެފައިވާ ނަމަ ކޯޓުން ވާރިސުން ސާބިތުކުރުމަށް ފަހު، ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓާ އެކު، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕޮއިޓްމަންޓަށް އެދުމުން އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގޮތަށް 9،000 އަށް ވުރެ ގިނަ ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މި ސްކީމުގެ ދަށުން ބިން ލިބުނު ފަހުން 12 މީހަކު މަރުވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
މި ސްކީމުގެ ދަށުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ބައެއް ތަންތަން އަދި ހިއްކައި ނުނިމެއެވެ. އެގޮތުން ގޯތި ދިނުމަށް ހިއްކަމުން އަންނަ ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކުން އަދި ނުނިމެ އެވެ.

ކިޔުންތެރިންގެ ހިޔާލު