ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
80 މެންބަރުންގެ ވޯޓުން މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މިމަހުގެ ސައްބީހާއި ހަމައަށް ދަންމާލުމަށް ހުށައެޅުއްވީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله އެވެ.

އަބްދުއްރަޙީމް ވިދާޅުވީ ދައުރު ދިގުދަންމާލުމަށް މަސައްކަތް ހުށައެޅުއްވީ، މި ދައުރުގައި ނިންމުމަށް މުހިއްމު މަސައްކަތްތަކެއް ހުރުމުން އެކަންކަން ނިންމާލެއްވުމަށްޓަކައި ކަމަށެވެ.

އެގޮތުން މަޖިލީހުގެ މިދައުރު ދަންމާލަން ފެންނަ ކަމަށް މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުން ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެގޮތުން ފުރަތަމަ ދައުރު ދެމިގެންދަނީ 1 ފެބްރުއަރީން 15 މޭގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް ކުރިޔަށް ދާއިރު ތިން ވަނަ ދައުރު ދެމިގެންދަނީ 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރައްވާފައިވަނީ މި އަހަރުގެ މެއި މަހުގެ 28 ގައެވެ. ޖުމުލަ 93 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. ޕީއެންސީގައި 75 މެންބަރުން އެބަތިއްބެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން