އަންނަ އަހަރު ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ނުފަށައިފިނަމަ އޭގެ ފޮނި މީރުކަން މި ދައުރުގައި ރައްޔިތުންނަށް ނުދެވޭނެ ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫފްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ނާޒިލް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެގޮތުން ސަރުކާރަށް ނުވަ މަސްވީ އިރު ކުރެވުނީ ކީއްތޯ އޭނާ ސުވާލު ކުރެއްވި އެވެެ.
ހަމަ އެހެންމެ ބޯހިޔާވަހިކަމޭ ކިޔާފައި ސަރުކާރަށް ކުރެވުނު އެއްކަމެއް ވެސް އެބައޮތްތޯ ވެސް އޭނާ އެއްސެވި އެވެ.
"މުޅި ރާއްޖެއަށް ބަލާލާއިރު ކުރެވިފައި އޮތީ ކޮން ކަމެއްތޯ. ނެތް އެއްކަމެއް ވެސް. ހަގީގަތަކީ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން އެއް އަހަރު މި ނިމި ދަނީ. ބާކީ އޮންނާނީ ހަތަރު އަހަރު. މި އަންނަ އަހަރުގެ ތެރޭގައި ނުފެށޭ ޕްރޮޖެެކްޓެއް ވެރިކަން ނިމޭއިރު އޭގެ ފޮނި މީރުކަމެއް މި ބޭފުޅުންނަކަށް ރައްޔިތުންނަކަށް ނުދެވޭނެ. އަޅުގަނޑުމެންނަކަށް ނުފެނޭ މި ބޭފުޅުންނަށް އެކަން ކުރަން އެނގޭ ތަނެއް. އެނގޭ ހެނެއްވެސް ހިޔެއް ނުވޭ. އަދި ކުރަން ބޭނުންވާ ކަހަލަ ގޮތަކަށް ނޫން މި ބޭފުޅުން މި އުޅުއްވަނީ." ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީ ކީއްކުރަން ކަމެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ނާޒިލް އިތުރަށް ވިދާޅުވީ މާލޭ ސަރަހައްދުން ދޫކޮށްފައިވާ ގޯއްޗާއި 4000 ފްލެޓްގެ ކަންކަން މަޑުޖެހި މިހާ ހިސާބަށް ދާން ޖެހުނީވެސް އިހުލާސްތެރިކަމެއް ނެތުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު