އެންމެންގެ ވެސް އެއްބާލުން ލިބޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމާއި ލޯކަލް ގަވަރންމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި މޭޔަރު ވިދާޅުވީ އޭނާ މަގާމާ ހަވާލުވިމެ ވަޑައިގެންނެވި އިރުވެސް އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ގާނޫނާއި ގަވާއިދު ތަންފީޒު ނުކުރެވޭ މައްސަލައިގެ ވާހަކަ ކަމަށެވެ.

އެ މައްސަލަ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީންއަށް ވެސް ދެންނެވި ކަމަށް މޭޔަރު ވިދާޅުވި އެވެ. އެހެންވެ މަގާމާ ހަވާލުވެ ވަޑައިގެން ބައްދަލުވުންތަކެއް އެބޭފުޅުންނާއެކު ބޭއްވެވި ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އެއަށް ފަހު އެ ބޭފުޅުން ވިދާޅުވި އެދޭ ގޮތަށް އެކަން ކޮށްދެއްްވާނަމޭ. ދެން ފެނިގެން ދިޔަ ޓްރެފިކް މައްސަލަތަކުގަ މަސައްކަތް ކުރަމުން ދިޔަ ތަނާ އަދި ބިދޭސީންގެ މައްސަލައިގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ދިޔަތަން. އެއީ ގުޅިގެން މަސައްކަތް ކުރީމަ އޭގެ ނަތީޖާ ފެނިގެން މިދަނީ." މޭޔަރު ވިދާޅުވި އެވެ.

ރޭގެ ޕްރޮގްރާމްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މޭޔަރަކީ އިދިކޮޅު ޕާޓީގެ ބޭފުޅެއް ނަމަވެސް މަސައްކަތުގެ މާހައުލުގައި ހުއްޓުމެއް ދަތިކަމެއް ނެތި ކުރިއަށްދާ ކަމަށެވެ.

އަދި މާލެއަށް ގެންނަން ބޭނުންވާ ބަދަލުތަކުގައި ސަރުކާރާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން