ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް
ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެމްބަރަކު މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު އިސްމާއީލް ސާޖިދު ފިޔަވައި އެހެން ހުރިހާ މެމްބަރުން މަގާމުން ވަކިކުރަން ރައީސަށް ލަފާ އެރުވުމަށް ނިންމާފައިވަނީ މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީއަަށް ޙާޟިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެގޮތުން ކޮމިޓީން މިއަދު ނިންމާފައިވަނީ ޓްރިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ޓްރިބިއުނަލްގެ ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލާއި މެމްބަރު އަހްމަދު އަޝްރަފާއި މެމްބަރު ހަދީޖާ ނައީމް މަޤާމުން ވަކިކުރުމަށް ރައީސަށް ލަފާ އެރުވުމަށެވެ.

ޓްރައިބިއުނަލްގެ މެމްބަރު އިސްމާއީލް ސާޖިދު ވަކިނުކުރުމަށް ޖުޑިޝަރީ ކޮމިޓީން ނިންމީ، އެތަނާ ގުޅޭ މައްސަލަތައް މަޖިލީހުގެ ސަމާލުކަމަށް ގެނައީ އޭނާއަށް ވުމުން ކަމަށް ކޮމިޓީގައި މެންބަރުން ވަނީ ވިދާޅުވެފައެވެ.

ޖުޑިޝަރީ ކޮމިޓީން ވަނީ ޓްރިބިއުނަލްގެ ބައެއް މެމްބަރުން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށާއި، އެ މެމްބަރުންގެ މައްޗަށް ކުރެވޭ ނުހައްގު މުއްސަނދިކަން ހޯދުމާއި ކޮރަޕްޝަނުގެ ތުހުމަތުތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެދުމަށް ނިންމާފައެވެ.

އޭގެ އިތުރުން ޓްރައިބިއުނަލް ހިންގަމުންދަނީ މަސައްކަތްތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރު ޖާގައިގައި ކަމަށްވާތީ އެ އިމާރާތުގެ ކަންކަން ދައުލަތަށް ހަރަދު ކުޑަވާނެ ގޮތަކަށް ބައްޓަން ކުރަން އެންގުމަށްވެސް ނިންމާފައިވެއެވެ.

ހަމައެއާއެކު މައްސަލަތަކުގެ ބެންޗު ކަނޑައެޅުމާއި ބެންޗުގެ ރިޔާސަތު ކަނޑައެޅުމުގެ ބާރު ޓްރައިބިއުނަލްގެ ރައީސަށް ލިބޭ ގޮތަށް އޮތްގޮތުން ބަދަލުކުރުމަށް އެންގުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން