ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިއު
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިއު
ހުޅުމާލޭގައި ފަސް ދަނޑުގެ އިންޑޯ ފުޓްސެލް ކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގައި ހުރި ކުޅިވަރު ކުޅޭ ތަންތަން ގިނަ ބަޔަކު ބޭނުންކުރަމުންދާކަމަށާއި އަދި އެފަދަ އިތުރު ތަންތަން ތަރައްޤީ ކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ.

ވަޒީރު މިއަދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ތައިސޭ ކޮށީގައި ފުޓްސަލް ދެ ދަނޑު ހެދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލުން އޭގެ ތެރެއިން އެއް ދަނޑު ތަރައްގީކޮށްފައިވާއިރު މި ސަރުކާރުގައި އެ ދަނޑަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިއަދު އިތުރަށް ވިދާޅުވީ ހުޅުމާލެ ސަރަހައްދުގައި ފަސް ދަނޑުގެ އިންޑޯ ކޮމްޕްލެކްސްއެއްގެ މަސައްކަތް މިވަގުތު ބާރަށް ކުރިއަށް ގެންދަވާ ކަމަށެވެ.

އަދި އެމަސައްކަތް ނިމުމުން މާލޭ ސަރަޙައްދަށް ދިމާވެފައިވާ ފުޓްސަލް ދަނޑުތައް މަދުވުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ރާފިޢު މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން