ފޮރިން އިންވެސްޓްމަންޓުތައް ދައުލަތަށް ނެގޭނެ ކަމަށް ފޮރިން އިންވެސްޓްމަންޓު ބިލުގައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން އިސްވެސްޓްމަންޓް ބިލުގެ ބަހުސްގައި މައުރޫފް ވިދާޅުވީ ބިލެއްގެ ތަޢާރަފްގައި އެބިލުގެ މަޤްސަދަކަށް ނުރަނގަޅު މެސެޖެއް ހިމަނާފައި އޮތުމަކީ ބިލުން ޙާސިލު ކުރަން ބޭނުންވާ މަޤްސަދު ޙާސިލުވުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.
އެގޮތުން ފޮރިން އިސްވެސްޓްމަންޓް ބިލުގެ ތަޢާރަފްގައި އެބިލަކީ އިންވެސްޓްމަންޓުތައް ދައުލަތަަށް ނެގޭނެ ހާއްސަ ހާލަތްތައްވެސް ބަޔާންކުރާ ޤާނޫނެއް ކަމަށް އޮތުމުން ކަންބޮޑުވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
“އިންވެސްޓަރުންނަށް މި ބިލުގެ ސަބަބުން ފާހަގަވާނީ އިންވެސްޓްމަންޓުތަކަށް އޮތް ރައްކާތެރިކަން ކުޑަކަން.” މައުރޫފް ވިދާޅުވިއެވެ.
މައުރޫފް މިއަދު ވިދާޅުވީ މި ބިލު ގާނޫނަކަށް ވެގެންދާއިރު ޤާނޫނަށް ފޮރިން އިންވެސްޓަރުންގެ އިތުބާރު ލިބެން ޖެހޭ ކަމަށާއި އެހެންކަމުން ޤާނޫނުގެ މަގުސަދުތައް ބަޔާންކުރިއިރު ފޮރިން އިންވެސްޓަރުންނަށް ލިބޭ ހިމާޔަތާއި ރައްކާތެރިކަން ބަޔާން ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ހަމަ އެއާއެކު މައުރޫފް ވަނީ ސިޔާސީ މަޤްސަދު ޙާސިލު ކުރުމަށް ކުރެވޭ ބައެއްކަހަލަ ކަންތައްތަކުގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ބައެއް ފަރާތްތަކުން ފަސްޖެހޭ ކަމަށެވެ.
އެގޮތުން ޖީއެމްއާރު ބޭރުކޮށްލި ޙާދިސާއަށް އަލިއަޅުވާ ލައްވަމުން މައުރޫފް ވިދާޅުވީ ބޭރުގެ ފޮރިން އިންވެސްޓްމަންޓުތައް ބޭރުކޮށްލުމުގެ މަގުސަދުގައި ރައްޔިތުން ނުކުމެ ސިޔާސީ ސަކަރާތް ޖެހުމުން ފޮރިން އިންވެސްޓަރުންގެ އިތުބާރު ނުލިބޭނެ ކަމަށެވެ.
މަޢުރޫފް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ފޮރިން އިންވެސްޓްމަންޓް ބިލުގެ ތަޢާރަފްގައި ވަނީ އެ ބިލަކީ ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތަކާއި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާއި ގުޅޭ އުސޫލުތަކާއި އެފަދަ އިންވެސްޓްމަންޓުތައް ދައުލަތަަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓުތަކަށް ބަދަލު ދެވޭނެ އުސޫލުތަކާއި އެ ނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާން ކުރުމުގެ ގާނޫނު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު