ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ޖަވާބުދާރީވުމަށް ޝަމީމަށް ނޯޓިސް ފޮނުވަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އިއްޔެ ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. އެ ކޮމިޓީން އިއްޔެ އެމައްސަލަ މަޖިލީހުގެ ރިޔާސަތަށް ފޮނުވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ހަމަ އެ ކޮމިޓީއަށް ފޮނުވާފައެވެ.
އެހެންކަމުން މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ތުހުމަތު ކުރެވޭ މައްސަލަތަކަށް ޖަވާބުދާރީވުމަށް ޝަމީމަށް ފަސްދުވަހުގެ ނޯޓިސް ދިނުމަށެވެ.
އަދި އެ ނޯޓިސް މިއަދު ޝަމީމަށް ފޮނުއްވާނެ ކަމަށް ކޮމިޓީގެ މުޤައްރިރު އަދި މަަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވަނީ ވިދާޅުވެފައެވެ.
ޕީޖީގެ މަޤާމުން ޝަމީމް ވަކިކުރަން ޝާހިދު ހުށަހެޅި މައްސަލައިގައި ގިނަ ސަބަބުތަކެއް ހިމަނާފައި ވެއެވެ.
އޭގެ ތެރޭގައި ކޮވިޑްގެ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކުގެ މައްސަލައިގައި އެންމެ ފަހުން ދައުވާ ނުކޮށް ފައިލްކުރުމާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވިކަމަށް ތުހުމަތު ކުރެވުނު ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރިކުރުން ހިމެނެ އެވެ.
ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ދައުވާކުރި ހިއުމަން ޓްރެފިކިންގެ މައްސަލަ އަނބުރާ ގެނައުމާއި ބަނގުރާ ބުއިމާ ބެހޭ 71 މައްސަލައެއް ޝަމީމުގެ ޕީޖީ ކަމުގައި ކޯޓުތަކުން އަނބުރާ ގެނެސްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި އިންސްޓަގްރާމުގައި ބަނގުރާ ފުޅިއެއް ޝަމީމް ޕޯސްޓް ކުރުމާއި އޭގެ އިތުރުން ޕީޖީގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.
ޝަމީމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައިވާއިރު ޝަމީމް ޕީޖީގެ މަގާމަށް އައްޔަންކުރެއްވީ 8 ޑިސެމްބަރު 2019 ގައެވެ.

ކިޔުންތެރިންގެ ހިޔާލު