ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ދެ މިނިސްޓަރަކު އަގްސާ މިސްކިތައް ވަދެގަތް މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
އިސްރޭލުގެ ނެޝެނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރާއި އިޒްރާއިލުގެ ޑިވޮލޮޕްމަންޓް އޮފް ދަ ޕެރިފަރީ މިނިސްޓަރު ޔިޓްޒެކް ވެސަލައުފްއާއި އިސްރާއިލުގެ ގާނޫނު ހަދާ މަޖަލީހުގެ އެހެން މެމްބަރަކާއި އެތައް ހާސް ސަޕޯޓަރުންނާއެކު އަގްސާ މިސްކިތަށް ވަދެގަތީ އިއްޔެ އެވެ.
އަދި އެ މީހުން ވަނީ މިސްކިތުގެ ހުރުމަތް ކަނޑައި ޔަހޫދީންގެ އަޅުކަންތައް ވެސް އެ މިސްކިތުގައި ކޮށްފަ އެވެ.
މިއީ އަގްސާ މިސްކިތަށް މިނިސްޓަރު ބެންގްވީރު ވަނތް ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން ހަ ފަަހަރަކު އޭނާ އެ މިސްކިތަށް ވަނީ ވަދެގެންފައެވެ.
އެކަމާ ގުޅިގެން މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މަސްޖިދުލް އަގްސާއަކީ މުސްލިމުންގެ އެންމެ މުގައްދަސް އެއް ތަނަށްވާ އިރު އިއްޔެ ހިންގި އަމަލަކީ މިސްކިތުގެ ހުރުމަތް ކެނޑުންކަމަށެވެ.
ހަމަ އެހެންމެ ތަކުރާރުކޮށް މިސްކިތަށް ގަދަކަމުން ވަދެގަތުމުން ކަންބޮޑުވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މިއީ ސަރަހައްދުގެ ހަމަޖެހުން ނަގާލުން ކަމަށް ވެސް ސިފަކޮށްފައި ވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން ފަަލަސްތީނާއެކު ދެމި އޮންނާނެ ކަމަށާއި އަދި ފަލަސްތީނާއި އިސްރާއިލުގެ މައްސަލައަށް ހައްލެއް ހޯދަން ބައިނަލްއަގުވާމީ ފަރާތްތަކުން އެއް ގަލަކަށް އަރައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު