ޝާން މުހައްމަދު   14 އޯގަސްޓު 2024 - 19:13
މިއަދު މާލޭގެ ގެއެއްގެ ނުއަ ވަނަ ފަންގިފިލާ މަތިން ވެއްޓުނު އަންހެން މީހާ ނިޔާވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަންހެން މީހާ ފުންމާލީ މާލެ އެމްޕީއެލް ކައިރީގައި ހުންނަ މާފަންނު ހަސޯވާ ބިލްޑިލްގ ގެ ނުއަ ވަނަ ފަންގިފިލާއިން ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީހާ ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު