ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލްއުސްތާޛް މުޙައްމަދު ޠާހާ، ސަފީރުކަމުގެ ފަތްކޮޅު ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށް އަރުވައިފިއެވެ.
އިސްލާމާބާދުގައި ހުންނަ ރައީސް އޮފީސް އައިވާން އޭ-ސަދްރުގައި މިއަދު އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ދެ ބޭފުޅުންވަނީ ދެ ގައުމުގެ ގުޅުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.
އެގޮތުނުް, ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހެޔޮ އެދުންތައް ޕާކިސްތާނުގެ ރައީސަށް އަރިސްކުރައްވާކަމަށް ޠާހާ ވަނީ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ޒަމާންވީ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދެމިހުންނަވާނެކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނުގެ ރައީސްގެ ވާހަކަފުޅުގައި ވެސް ވަނީ ދެ ގައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި ދިވެހި ސަރުކާރާއިއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު